ގދ. ތިނަދޫގައި ބާއްވަން އިއުލާން ކުރި ޖަލްސާގެ އެޖެންޑާ ލިބުނު އިރު، ނޫސްވެރިންގެ މެދުގައި ފުރަތަމަ ވެސް އުފެދުނީ ބޮޑު ސުވާލެކެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި އޮތީ ގދ. ކާޑެއްދޫ އެއާޕޯޓަކީ ފުރިހަމަ އަށް ތަރައްގީ ކުރެވިފައި އޮތް އެއާޕޯޓަކަށް ހެދުމުގެ ވައުދެވެ. އެކަމަކު، އެޖެންޑާގައި އޮތީ ތިނަދޫގައި ފަޅު ހިއްކައިގެން ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމެވެ. އެއީ ލިޔުމުގެ ކުށެއް ކަމަށް ހީކުރެވުނު ކަމުގައި ވިޔަސް، ހަގީގަތް އެނގިގެން ދިޔަ އިރު، މިއީ ހުވަދޫ އަތޮޅު ބަދަލުކޮށްލާނެ 600 މިލިއަން ޑޮލަރުގެ ބިޔަ، ބޮޑު މަޝްރޫއެކެވެ. ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއްގެ އިތުރުން އެ އަތޮޅުގައި…